407
0

ޔޫއާރުއެޗް ބަދަހި ވާދަ – ހޭންޑްބޯލް ފައިނަލްގެ 2 ޖާގައަށް ހޭހަން އަދި ޕޮލިސް

407
0

އުނގޫފާރު މުއައްސަސާ ތަކުގެ މެދުގައި ކުރިއަށްދާ “ޔޫއާރުއެޗް ބަދަހި ވާދަ 2024” ހޭންޑްބޯލް މުބާރާތުގެ ފައިނަލްގެ ޖާގަ ތައް ޔޫއާރުއެޗްގެ ހޭހަން ރެކްރިއޭޝަން ކްލަބާއި ރ. އަތޮޅު ޕޮލިސް ހޯދައިފިއެވެ.

ހޭހަން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗް ކާމިޔާބު ކޮށް އެއްމެޗް އެއްވަރުކޮށް 10 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޮލިސް ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިންމެޗް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދައިގެން ދެވަނަ ޓީމުގެ ގޮތުގައެވެ.

ހޭހަން ރެކްރިއޭޝަން ފުރަތަމަ ބައްދަލުކުރީ ރ އަތޮޅު ކައުންސިލްގެ އަރުތަ ރެކްރިއޭޝަން ކްލަބާއެވެ. މިމެޗް ހޭހަން ކާމިޔާބުކުރީ 5-3 ންނެވެ. ދެވަނަ މެޗްގައި އުނގޫފާރު ސްކޫލްގެ މަންހަޖު އާއި ވާދަކޮށް ކާމިޔާބުކުރީ 3-2 ންނެވެ. ތިންވަނަ މެޗްގައި ރ އަތޮޅު ޕޮލިސް އާއި ވާދަކޮށް ކާމިޔާބުކުރީ 1-0 ންނެވެ. މުބާރާތުގެ ފަހުމެޗްގައި އުނގޫފާރު ކައުންސިލްގެ ކޮމްބައިން ޓީމާއި ވާދަކުރި މެޗް ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. 11 ގޯލް ޖެހިއިރު ބައިކޮޅަށް 7 ގޯލް ވަދެފައިވެއެވެ.

ޕޮލިސް ޓީމް ފުރަތަ މެޗްގައި ބައްދަލުކުރީ މަންހަޖު އާއެވެ. މިމެޗް ޕޮލިސް ކާމިޔާބު ކުރީ 2-1 ންނެވެ. ދެވަނަ މެޗްގައި ކައުންސިލް ކޮމްބައިންގެ މައްޗަށް ކުރިހޯދީ 4-2 ންނެވެ. ތިންވަނަ މެޗްގައި ހޭހަން ރެކްރިއޭޝަން އަތުން 1-0 ން ބަލިބިވީއެވެ. ހަތަރުވަނަ މެޗުގައި އަރުތަ ރެކްރިއޭޝަން އާއި ވާދަކޮށް ކާމިޔާބުކުރީ 4-2 ންނެވެ.

މުބާރާތުގައި ބައިވެރިވި އެހެންޓީމު ތަކަށް ބަލާއިރު އުނގޫފާރު ސްކޫލްގެ މަންހަޖު ކުޅުނު ހަތަރު މެޗުން ދެމެޗް ކާމިޔާބުކޮށް ދެމެޗުން ބަލިވެ ލިބުނީ 6 ޕޮއިންޓެވެ. 14 ގޯލު ޖެހިއިރު ބައިކޮޅަށް 9 ގޯލު ވަދެފައިވެއެވެ. ކައުންސިލް ކޮމްބައިން ޓީމުން ވަނީ ދެމެޗް އެއްވަރުކޮށް އަދި ދެމެޗުން ބަލިވެފައެވެ. ލިބިފައިވަނީ 2 ޕޮއިންޓެވެ. 6 ގޯލް ކާމިޔާބު ކުރިއިރު ބައިކޮޅަށް 13 ގޯލް ވަދެފައި ވެއެވެ. އަރުތަ ރެކްރިއޭޝަން ކްލަބު ތިންމެޗުން ބަލިވެ އެއްމެޗު އެއްވަރުކޮށް ލިބިފައިވަނީ 1 ޕޮއިންޓްވެ. 8 ގޯލް ކާމިޔާބު ކުރިއިރު ބައިކޮޅަށް 14 ގޯލް ވަދެފައިވެއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 5 އޮގަސްޓް ވާ ހޯމަ ދުވަހުގެރޭ 20:30 ގައެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *