1032
0

ވަޑިއިއްބެގެ މަސައްކަތް، މުޅިން އެހެން ހަރުފަތަކަށް

1032
0

އުނގޫފާރުން ފުރައިގެން ސްޕީޑް ބޯޓްއެއްގަ 35 މިނިޓުގެ ދަތުރަކުން ދެވޭހިސާބުގަ އޮންނަ ރ. އަލިފުއްޓަކީ ތަފާތު އެކި އެކި ފަންނުގައި ހާއްސަކޮށް ކިއްސަރު ވަޑާމަށް މަޝްހޫރުކަން ހޯދާފައިވާ ރަށެކެވެ. ރ. އަތޮޅުގެ އެއްމެ އުތުރުން އާބާދީގައި 2000 އެއްހާ މީހުން ދިރިއުޅޭ އަލިފުއްޓަކީ ގުދުރަތީގޮތުން ވެސް ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.

މިރަށަކީ އެމަސައްކަތަކައްޓަކާ ކުދި ބޮޑު އެންމެ ފަހުރުވެރިވާ ކިއްސަރުވަޑާމަށް ރާއްޖޭގައި އެންމެ މަސްހޫރު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ހާއްސަކޮށް ބޯޓް ބިލްޑިންގެ ފައިބަރ ގްލާސް އަދި ސްލިޕްވޭގެ މަސައްކަތައް ފާހަގަ ކޮށްލެވެއެވެ.

އަލިފުށީގައި ހިންގުނު ދެ އަހަރު ދުވަހުގެ ވަޑި ކޯހެއް ފުރިހަމަކޮށްގެން ވަޑާމުގެ މަސައްކަތައް 1997 ވަނަ އަހަރު ނުކުތް އިބްރާހީމް މުހައްމަދު (43) ރަށުމީހުންނަށްވެސް އަދި އެހެންމީހުންނަށްވެސް އެނގެނީ ވަޑިއިއްބެގެ ނަމުންނެވެ. ކޯސް ނިންމައި ރަށުންބޭރުގައި ރިސޯޓްތަކުގައި މަސައްކަތް ކުރަންއުޅުނީ ކޮންޓްރެކްޓް ގުރޫޕްތަކުގައެވެ. އަދި ރިސޯޓުގައި ވެސް މަސައްކަތްކުރި އެވެ. އަލިފުށީގެ ބޯޓު ޔާޑުގައި މަސައްކަތް ކުރަން ފެށީ އަދި އޭގެ މާ ފަހުންނެވެ.

އަލިފުށީގައި ކިއްސަރު ވަޑާމާއި މިކަމާއި ގުޅުންހުރި މަސައްކަތްތައް ފުޅާވެގެން ދިއުމާއެކު އޭގެ ނަފާ އެންމެބޮޑަށް ހޯދައި އެއްފަރާތަކީ ވަޑިއިއްބެ އެވެ. ކުޑައިރުންސުރެ މާވަޑިއަކަށް ވުމުގެ ހުވަފެން ދެކެމުން އައި ވަޑިއިއްބެ އަކީ އަލިފުށީގައި މިއަދު ފުޅާ ދާއިރާއެއްގައި ވަޑާމުގެ މަސައްކަތް ކުރަމުން އަށްނަ ފަރާތެކެވެ. އަލިފުށީގައި ބޯޓު ބަނުމުގެ މަސައްކަތް އިއްބެ ފެށީ “ގޯ ގުޑް މޯލްޑިވްސް”ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ހަދައިގެންނެވެ. އެއީ 2016 ވަނަ އަހަރު އެވެ.

ވަޑިއިއްބެގެ އެންމެ ހާއްސަ އެއް ހިދުމަތަކީ ސްލިޕްވޭގެ ހިދުމަތެވެ. 1 ޖެނުއަރީ 2020 ގައި ހިދުމަތް ދޭންފެށި މި ސްލިޕްވޭ އަކީ އަލިފުށީގެ އިތުރުން ރ އަތޮޅުގައިވެސް މިގޮތަށް ހިދުމަތްދޭންފެށި ފުރަތަމަ ސްލިޕްވޭއެވެ. މި ސްލިޕްވޭގެ ހިދުމަތް ލިބިގަނެ މިހާތަނަށް 250 އަށްވުރެ ގިނަ ދޯނި އެހާލާފައި ވުމަކީ މިސިލިޕްވޭގެ އިތުބާރާ ޔަގީންކަން މިހިދުމަށް ލިބިގަންނަ ފަރާތްތަކުގެ މެދުގައި އޮތްމިންވަރު ހާމަވާ ކަމެކެވެ.

ވަޑިއިއްބެ ބުނިގޮތުގައި ސިލްޕްވޭގެ މަސައްކަތް އަލިފުށީގައި އަލަށް ފެށީމަ ބައެއް މީހުން ތިއީ ނުވާނެ ކަމެއްކަމަށް ބުނެޏެވެ. ނަމަވެސް އެއީ އެހާ ރަނގަޅު ވާހަކައަކަށް ނުބަލައި ސްލިޕްވޭގެ ކުރެހުންތަކާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ހުރިހައި ކުރެހުންތަކާއި ޕްލޭނެއްވެސް އަމިއްލައަށް ތައްޔާރުކޮށް މަސައްކަތް ފެށީއެވެ. މިއަދު އިއްބެގެ ކުންފުނިން އަންނަނީ ބޯޓު ބިލްޑިންނާއި ބޯޓު ޑިޒައިންކުރުމާއި ބޯޓު ރިޕެއަރިންނާއި ޑޮކިންނާއި އަން-ޑޮކިންނާއި އަދި ބޯޓު ބަނުމާ ގުޅުންހުރި އެހެން ހުރިހާ ހިދުމަތެއް ވެސް ދެމުންނެވެ.

މާލެއިން އުތުރަށް މަޝްހޫރު ހދ ކުޅުދުއްފުށީ ބަހާދަރު ބޯޓް، ވީއޭ ބޯޓް ޔާޑްގެ ސްލިޕްވޭގެ ހިދުމަތް ލިބިގަންނަމުންދާ ކަމީ ވީއޭ ބޯޓް ޔާޑުންދޭ ހިދުމަތުގެ ފެންވަރު އަންގައިދޭ ކަމެއްކަން ޔަޤީނެވެ.

ދޯނި ދޮންނަށް ބޭނުންކުރާ ފެނާ އަށިއަޅަން ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދޭކަމީ މި ސްލިޕްވޭގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ލުއިކަމެވެ. މީގެ އިތުރުން ދޯނިފަހަރު ސްލިޕްވޭއަށް އެހެލާ ބޭލުމުގައި އަމަލީގޮތުން ވަޑިއިއްބެ ބައިވެރިވުމަކީ ހިދުމަތް ހޯދާފަރާތްތަކުގެ އިތުބާރު ބޮޑުވަމުންދާ އެއްސަބަބެވެ.

މި ކުންފުނިން ކުރި އެންމެ ބޮޑު މަސައްކަތަކީ 135 ފޫޓްގެ ބޮޑު ސަފާރިއަކަށް މިސްލިޕްވޭގެ ހިދުމަތް މިމަހު ފޯރުކޮށްދިނުމެވެ. މިވަރުގެ ބޮޑު ސަފާރީއަކަށް އެފެންވަރުގެ ހިދުމަތެއް މި ސްލިޕްވޭއިން ކާމިޔާބުކަމާއެކު ދީފައިވުމުން ކުންފުނީގެ ޤާބިލްކަން ވަޒަންކުރަން އިތުރަށް ވިސްނާކަށް ނުޖެހެއެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *