613
0

ރ. އަތޮޅު އަދި ބ. އަތޮޅު ރަށްތަކުގެ ސްޕީޑްބޯޓް ޓިކެޓް އޮންލައިން ކޮށް “އޮޑިއެޕް” ން

613
0

ރ. އަތޮޅު އަދި ބ. އަތޮޅުގެ ރަށްތަކުގެ ޓިކެޓް މިހާރު “އޮޑިއެޕް” ން އޮންލައިކޮށް ފަސޭހަކަމާއިއެކު ނަގާލެވޭނެއެވެ.

އޮޑިއެޕަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރު ތަކުގެ ޓިކެޓް އޮންލައިކޮށް ނަގާލެވޭ މޮބައިލް އެޕްލިކޭޝަނެކެވެ. އެގޮތުން ސްޕީޑް ފެރީގެ އިތުރުން ޕްރައިވެޓް ކޮށް ދަތުރުކުރަން ބޭނުންވާ ޕަސެންޖަރުންނަސް ޕްރައިވެޓް ހަޔަރ ވެސް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ މި އެޕްލިކޭޝަން އެޕްސްޓޯރ އިން އަދި ގޫގުލް ޕްލޭ ސްޓޯއިން ޑައުންލޯޑް ކޮށްލެވޭއެވެ.

އޮޑިއެޕްއިން ނަގާ ޓިކެޓަށް އިތުރަށް ފައިސާއެއް އެޕްލިކޭޝަން އަށް ދައްކާކަށް ނުޖެހޭނެއެވެ. އޮޑިވެރިޔާ ވިއްކާ އަގުގަ އޮޑިއެޕްން ޓިކެޓް ނަގާލެވޭނެއެވެ. ރ. އަތޮޅުގައި ދުއްވާ ގާދޫނި ސްޕީޑް ބޯޓްގެ ޓިކެޓް އޮންލައިކޮށް ނެގި ފައިސާ ވަގުތުން އޮންލައިކޮށް ދައްކާލެވޭނެއެވެ. އަދި ގާދޫނި ސްޕީޑްބޯޓު ދަތުރުކުރާ ހުރިހާ ދުވަސްތަކުގައި، ލިބެންހުރި ސީޓްތަށް އޮޑިއެޕްއިން ޓިކެޓް ނަންގަވާއިރު ފެންނާނެއެވެ.

އޮޑިއެޕްގެ އަމާޒަކީ ޒަމާނާއި އެއްގޮތަށް ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ވައްޓަފާޅި ބަދަލުކޮށް، ޓެކްނޮލަޖީއާއިއެކު ތަޙްޒީބީ ވިސްނުމަކުން ދަތުރުފަތުރު ފަސޭހަކޮށްދިނުމެވެ. މިގޮތުން އޮޑިއެޕްން ރ. އަދި ބ. އަތޮޅުގެ ރަށްތަކުގެ އިތުރުން އަރިއޮތޮޅުގެ ރަށްތަކާއި ކ. ދިއްފުއްޓާއި ވ. އަތޮޅުގެ ރަށްތަތަކަށް މިހާރު ސްޕީޑް ފެރީގެ ޓިކެޓް ނެގޭނެއެވެ. އަދި ރާއްޖޭގެ ބޭނުންކޮންމެ ދިމާލަކަށް ޕްރައިވެޓް ހަޔަރ އަށް އޮޑިއެޕް މެދުވެރިކޮށް ރިކުއެއެސްޓް ކޮށްލެވޭނެއެވެ.

އޮޑިއެޕް ޑައުންލޯޑް ކުރެއްވުމަށް: https://onelink.to/odiapp

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *