އުނގޫފާރު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރުއްގަނޑު ދޫކުރުމަށް ފުރަތަމަ ކުރެވުނު : (IUL)303-IED/303/2023/66 (19 ޑިސެމްބަރު 2023) އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަށް ބަލައިގަތުމުގައި އިދާރީގޮތުން މައްސަލަތަކެއް ހުރުމާ ހުށަހަލާފައިވާ ބިޑްތަކުގާ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތްކަން ފާހަގަ ކުރެވިފައިވާތީ، އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލީކަމަށެވެ.
ރުއްގަނޑު ވަރުވާ އުޞޫލުން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިފަހަރު ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައަޅަން ދީފައިވަނީ 14 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ބިޑުހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.
ވަރުވާ އުސޫލުން މިފަހަރު ދޫކުރުމަށް ހަމަޖެފައިވާ ރުއްގަނޑު ތަކަކީ ބަނދަރުގެ ރުއްތަކާއި ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗްގެ އިރުން އެކޮށީގައި ހިމެނޭ ރުއްތަކާއި މާލިޔާ ރުއްގަނޑެވެ.
މިބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެއިންތިޒާމް ރަސްމީގަޑީގައި އުނގޫފާރު ކައުންސިލްގެ 6580118 ހަމަޖެހިފައިވެއެވެ.