“ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023” މުބާރާތުގައި އުނގޫފާރު ޓީމެއް ބައިވެރި ކުމާމެދު ކައުންސިލުން މާދަމާ ގޮތެއް ނިންމާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިމުބާރާތުގައި އުނގޫފާރު ޓީމު ބައިވެރި ވުމާމެދު ފެންނަ ގޮތެއްބެލުމަށް ކައުންސިލުން މީގެކުރިން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރަމެވެ. އެގޮތުން އުނގޫފާރުގެ ސީނިއަރ ބައެއް ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ކްލަބު ޖަމާއަތްތަކާއެކު 14 ނޮވެމްބަރ 2023 ވަނަ ދުވަހު އުނގޫފާރު ކައުންސިލްގައި ބައްދަލުވުމެއް ބޭއްވިފައިވެއެވެ. އަދި 15 ނޮވެމްބަރ 2023 ވީ ބުދަދުވަހުގެރޭ އުނގޫފާރު ސްކޫލްގައި ޒުވާނުންނަށް ބައްދަލުވުމެއް ބޭއްވިފައިވެއެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ މުބާރާތުގައި ބައިވެރިމުމަށް ޝައުޤުވެރިވާ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތްތަކުން އެކަން 21 ނޮވެމްބަރުގެ ނިޔަލަށް ކައުންސިލާއި ހިއްސާކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިމުއްދަތުގައި 16 ފަރާތަކުން ވަނީ އެފަރާތްތަކުން މިކަމަށް އެދޭކަމަށް އެދި އުނގޫފާރު ކައުންސިލަށް ހުށައަޅާފައެވެ. އެއީ ސީނިއަރ ބައެއް ކުޅުންތެރިންނާއެކު 15 ކުޅުންތެރިންނާއި އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް 1 ފަރާތެކެވެ.
2022 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މުބާރާތުގައި އުނގޫފާރު ބައިވެރިއެއް ނުވެއެވެ. އުނގޫފާރުގައި ބޭއްވުނު މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ރ. ދުވާފަރެވެ. ރަނަރަޕް ޓީމަކީ ރ. އިނގުރައިދޫއެވެ.