479
0

އުނގޫފާރު އެފްސީ އަތުން މޮޅުވެ ވިކްޓަރީން ފުރަތަމަ މޮޅު ހޯދައިފި

479
0

އުނގޫފާރު އެފް ސީ އާއި ވިކްޓަރީ ސްޕޯރޓްސް ކްލަބް ބައްދަލުކުރި އެކުވެރިކަމުގެ މެޗް ވިކްޓަރީން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ޅ ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ކުޅެވުނު އެކުވެރިކަމުގެ މިމެޗް ވިކްޓަރީން ކާމިޔާބުކުރީ 3-1 ނެވެ.

ވިކްޓްރީން ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. ވިކްޓަރީގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އުނގޫފާރު އެފްސީން ލަނޑު ޖެހީ ލިބުނު ޕެނަލްޓީންއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 2-1 އަށް ކުޑަ ކޮށްދިނީ މުހައްމަދު ސާއިފްއެވެ. ވިކްޓަރީގެ 3 ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. މެޗުގައި ވިކްޓްރީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހްމަދު ހުސެއިން، ހަސަން ނާއިމް އަދި ހަސަން އަދުހަމް އެވެ.

2023-2024 ގެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިންއަށް ތައްޔާރު ވަމުންދާ އުނގޫފާރު އެފްސީން އިއްޔެ ވިކްޓަރީ އާއި ދެކޮޅަށް ދެއްކި ކުޅުމަށް ގިނަބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. މިއީ މިމުބާރާތައް އުނގޫފާރު އެފްސީ ތައްޔާރު ވާން ފެށިފަހުން ކުޅުނު ތިންވަނަ މެޗެވެ. ފުރަތަމަ މެޗްގައި އޭދަފުށީ އެފްސީ އަތުން މޮޅުވީ 1-0 ނެވެ. ދެވަނަ މެޗްގައި ކެނދިކުޅުދޫ އެފްސީ އަތުން ވަނީ 3-0 ން މޮޅުވެފައެވެ.

ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވާ، ދިވެހި ފުޓުބޯޅައިގެ އެންމެ ގަދަ ދެބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްގައެވެ.

ސްރީލަންކާގެ ކޯޗް ފަކީރު އަލީގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފަށައިގެން ކުރިއަށްދާ ވިކްޓަރީން ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވާއިރު، ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު 26 ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހިމެނީ މިސްރުގެ ތިން ކުޅުންތެރިންނާއި ޖޯޑަން އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މި 4 ކުޅުން ތެރިންވެސް އިއްޔެ މެޗުގައި ކުޅެފައިވެއެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *