އުނގޫފާރުގައި ކުރިއަށް އޮތް ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފިއެވެ. ބޮޑު ޢީދު މިގޮތައް ފާހަގަ ކުރުމަށް ނިންމީ މިއަދު އުނގޫފާރު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުން އެކަމުގައި މަޝްވަރާ ކުރުމަށްފަހުއެވެ.
އުނގޫފާރު ކައުންސިލުން އިންތިޒާމުކޮށްގެން ރ އަތޮޅު ކައުންސިލްގެ ކޮންފަރެންސް ހޯލުގައި މިއަދު މެންދުރުފަހު އެކެއްޖެހިއިރު ބޭއްވި ބައްދަލުވުމުގައި އުނގޫފާރު ކައުންސިލްގެ މެމްބަރުންގެ އިތުރުން ފާއިތުވި ޢީދުތަކުގައި ޢީދު ކުޅިވަރުތައް އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބައެއް ފަރާތްތައްވެސް ބައިވެރިވިއެވެ.
ފާއިތުވި 1441 ވަނަ އަހަރކޮވިޑް-19 އާއި ގުޅިގެން ޢީދު ފާހަގަ ކުރުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އުނގޫފާރު ގައި ރަށުފެންވަރުގައި ބޮޑު ޢީދު ކުލަގަދަކޮށް އެންމެ ފަހުން ފާހަގަ ކޮށްފައިވަނީ 1440 ވަނަ އަހަރުއެވެ.