spot_img

ذات صلة

جمع

ވެލާނާ ގިމަތަ 1 އިން ޚިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑް

ބައިނަލްއަޤްވާމީ ވެލާނާ ވައިގެ ބަނދަރުގައި ހުޅުވި ގިމަތަ 1 އިން "ބިއޯންޑް"...

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް، 160 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސް 160 އަށް ވުރެ ގިނަ...

އަންނަ ނޮވެމްބަރު މަހުން ފެށިގެން ރ. އުނގޫފާރާއި ނ. މަނަދޫއާ ދެމެދު...

ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނީ ބުރާސްފަތި ދުވަހުން ފެށިގެން- މެޓް އޮފީސް

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އުތުރު ސަރަޙައްދުގެ އަތޮޅުތަކަށް...

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 – ގުރޫޕް ސްޓޭޖްގެ އުސްއަލިތައް

އުނގޫފާރު ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ “އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް...

އަންނަ ނޮވެމްބަރު މަހުން ފެށިގެން ރ. އުނގޫފާރާއި ނ. މަނަދޫއާ ދެމެދު ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ފެރީއެއް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހޯމަދުވަހުގެރޭ މަނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ނ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ޑޮކްޓަރަށް ދެއްކުމަށް އުނގޫފާރަށް ދާންޖެހޭ ކަމަށާއި މަނަދޫން އުނގޫފާރަށް ޑައިރެކްޓްކޮށް އާރުޓީއެލްގެ ފެރީއެއް ބޭއްވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ނ. އަތޮޅުގެ ގިނަ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް އުނގޫފާރަށް ދަތުރުކުރަން ޖެހޭތީ، ސީދާ މަނަދޫން އުނގޫފާރަށް ދަތުރުކުރެވޭނެ ފެރީ ސަރވިސްއެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ހިދުމަތް ނޮވެމްބަރު މަހުގެ ތެރޭގައި ފެށި، ގަވާއިދުން ދަތުރުތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެނިފެސްޓޯގައި ހިމެނޭ އުނގޫފާރު ޓާޝަރީ ހޮސްޕިޓަލަކީ މުޅި ސަރަހައްދަށް ހިދުމަތްދޭ މަރުކަޒަކަށް ވާނެތީ، މި ހޮސްޕިޓަލަށް ފަސޭހައިން ވާސިލުވުމަށް ސީދާ ފެރީ ގުޅުމެއްގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމްޓީސީސީގެ އާރުޓީއެލް ފެރީ ސަރވިސް ނ. އަތޮޅުގައި ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށާއި، ރ. އަތޮޅުގައި މި ހިދުމަތް ފެށިފައިވަނީ ފާއިތުވި މަހުގައި ކަމަށް ވެސް ފާހަގަކުރެވެއެވެ.

spot_imgspot_img