spot_img

ذات صلة

جمع

ދުބާއީގެ “ވޫހޫ” ރެސްޓޯރަންޓް ހުޅުވަން ތައްޔާރު ވެއްޖެ

ދުބާއީގައި ހުޅުވާ އޭއަި ރެސްޓޯރަންޓް "ފިއުޗަރ ޑައިނިން" ގެ ކޮންސެޕްޓަށް ހަދާފައިވާ...

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 – ޓައިޓަންސް އަދި ކޭޑީ އަށް ފަސޭހަ މޮޅެއް

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 ރޭ ފަށައިފިއެވެ. އުނގޫފާރު ފިޓްނަސް...

ރާއްޖެ ޓްރާންސްޕޯޓް ލިންކް ( އާރް.ޓީ.އެލް) ފެރީ ރ އަތޮޅުގައި ދަތުރުކުރާ އަގުތައް

ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ދަތުރުކުރުމަށް ސަރުކާރުން...

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 މިރޭ ފަށަނީ

އުނގޫފާރު ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ "އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް...

ކޭޑީ އެފް ޓީ – ޒުވާން ހުނަރުތަކާއެކު މައިދާނަށް!

ރ. އުނގޫފާރުގައި ބާއްވާ ކުޅިވަރުގެ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމަށްވާ...

ދުބާއީގެ “ވޫހޫ” ރެސްޓޯރަންޓް ހުޅުވަން ތައްޔާރު ވެއްޖެ

ދުބާއީގައި ހުޅުވާ އޭއަި ރެސްޓޯރަންޓް “ފިއުޗަރ ޑައިނިން” ގެ ކޮންސެޕްޓަށް ހަދާފައިވާ “ވޫހޫ” (WOOHOO) ހުޅުވަން ތައްޔާރުވެއްޖެއެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ސެޕްޓެމްބަރު ގައި ހުޅުވުމަށް ތައްޔާރު ވަމުންދާ މި ރެސްޓޯރެންޓްގެ މެނޫ އާއި، އެންބިއެންސް އާއި، ސަރވިސް ފަދަ ކަންކަން ޑިޒައިންކުރަނީ “ޝެފް އައިމަން” ކިޔާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލަކުންނެވެ.

“ޝެފް އައިމަން” އަކީ ކާނާގެ ސައިންސާއި، މޮލިކިއުލަރ ކޮމްޕޮޒިޝަންގެ މައުލޫމާތާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 1000 އަށްވުރެ ގިނަ ރެސިޕީން ތަމްރީނުކުރެވިފައިވާ ބޮޑު ލެންގުއޭޖް މޮޑެލެކެވެ. އައިމަން މަސައްކަތްކުރަނީ ކާނާގެ ބައިތައް (ޓެކްސްޗަރ، އެސިޑިޓީ) ވަކިކޮށް، އެއަށްފަހު އާދަޔާ ޚިލާފު ރަހަތަކާއި ބޭނުންކުރާ ތަކެތީގެ ކޮމްބިނޭޝަންތައް ހަދައިގެންނެވެ.

އައިމަން ހަދާ ރެސިޕީތައް އިތުރަށް ހަރުދަނާކުރުމަށް، ޑުބާއީގެ މަޝްހޫރު ޝެފް ރައިފް އޮތުމަންގެ އިރުޝާދުގެ ދަށުން، މީހުން މަސައްކަތްކުރާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ. އައިމަންގެ މަގުސަދަކީ އިންސާނުން ކައްކާ ގޮތް ބަދަލުކުރުން ނޫން ކަމަށާއި، ބަދަލުގައި އީޖާދީ ހިޔާލުތަކަށް އިތުރު ބާރެއް ގެނައުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

spot_imgspot_img