އުނގޫފާރު ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ “އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025” މުބާރާތް ފެށީ މިޖުލައި މަހުގެ 12 ވަބނަ ދުވަހުގެރޭގައެވެ. މުބާރާތް ޝަރަފްވެރި ކޮށްދެއްވާ މުބާރާތް ފައްޓަވައި ދެއްވީ ރ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ނާސިފްއެވެ. މި މުބާރާތުގައި ޖުމްލަ 9 ޓީމެއް ބައިވެރިވެފައިވެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ބައިވެރި ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. ގްރޫޕް އޭ ގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޑިކެޑްސް، ޒެގް، ސީ ސްކޮޑް އަދި ޓީމް އޮރިއެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ޓައިޓަންސް އާރުސީ، ނިއު ސްޓަރ، ދަ އަމީގޯސް، ކޭޑީއެފްޓީ އަދި އުނގޫފާރު ޕޮލިހެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަ ހާސް ރުފިޔާ (15,000ރ) އަދި ރަނަރަޕް ޓީމަށް އަށް ހާސް ރުފިޔާ (8,000ރ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މުބާރާތުގެ މެޗްތައް ކުރިއަށްދަނީ އުނގޫފާރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފުޓްސަލް ދަނޑުގައެވެ.
ފުރަތަމަ މެޗް ގައި ބައްދަލުކުރީ ޓައިޓަންސް އާރުސީ އަދި ނިއު ސްޓަރއެވެ. މިމެޗް 6-0 ކާމިޔާބުކުރީ ޓައިޓަންސް އާރުސީ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޓައިޓަންސް އާރުސީގެ ޖާޒީ ނަމްބަރ 10 ގަޒުވާން އަހުމަދު އާސިފްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ރ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ނާސިފްއެވެ.

2 ވަނަ މެޗްގައި ބައްދަލުކުރީ ކޭޑީ އެފްޓީ އަދި އުނގޫފާރު ޕޮލިސްއެވެ. މިމެޗް 7-1 ކާމިޔާބުކުރީ ކޭޑީ އެފްޓީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކޭޑީ އެފްޓީގެ ޖާޒީ ނަމްބަރ 69 މުސްއަބު ބިން ނިޝާންއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ރ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ނާސިފްއެވެ.

3 ވަނަ މެޗް ގައި ބައްދަލުކުރީ ޒެގް އަދި ޑިކެޑްސްއެވެ. މިމެޗް 3-1 ކާމިޔާބުކުރީ ޑިކެޑްސްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޑިކެޑްސްގެ ޖާޒީ ނަމްބަރ 10 މުހައްމަދު ސާއިފްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ރ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ އިމާދުއެވެ.

4 ވަނަ މެޗް ގައި ބައްދަލުކުރީ ދި އަމިގޯސް އަދި ކޭޑީ އެފްޓީއެވެ. މިމެޗް 4-2 ކާމިޔާބުކުރީ ކޭޑީ އެފްޓީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކޭޑީ އެފްޓީގެ ޖާޒީ ނަމްބަރ 30 މުހައްމަދު އިޝާން (ޝަންޓޭ)އެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު އިސްލާމިކް ސެންޓަރުގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އަލްފާޟިލް އަބްދުﷲ ޝިހާމްއެވެ.

5 ވަނަ މެޗް ގައި ބައްދަލުކުރީ ޓީމް އޮރި އަދި ސީ ސްކޮޑްއެވެ. މިމެޗް 2-1 ކާމިޔާބުކުރީ ޓީމް އޮރިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޓީމް އޮރީގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް ހުސައިން އާސިފްއެވެ.

6 ވަނަ މެޗް ގައި ބައްދަލުކުރީ އުނގޫފާރު ޕޮލިސް އަދި ޓައިޓަންސް އާރުސީއެވެ. މިމެޗް 3-1 ކާމިޔާބުކުރީ ޓައިޓަންސް އާރުސީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޓައިޓަންސް އާރުސީގެ ޖާޒީ ނަމްބަރ 16 އަހުމަދު ހާނިފްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފަރު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް ރިމާހު މުހައްމަދުއެވެ.

7 ވަނަ މެޗް ގައި ބައްދަލުކުރީ ޒެގް އަދި ސީ ސްކޮޑްއެވެ. މިމެޗް ނިމުނީ 3-3 އެއްވަރު ވެގެންއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޒެގްގެ ޖާޒީ ނަމްބަރ 10 އިސްމާއީލް އަހުމަދު (މެސީ) އެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ރ އަތޮޅު ކައުންސިލްގެ މުހައްމަދު ޝަރީފްއެވެ.

8 ވަނަ މެޗް ގައި ބައްދަލުކުރީ ނިއު ސްޓަރ އަދި ދަ އަމިގޯސްއެވެ. 8-0 މެޗް ކާމިޔާބުކުރީ ދަ އަމިގޯސްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ދަ އަމިގޯސްގެ ޖާޒީ ނަމްބަރ 8 އިބްރާހީމް މަފާޒްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ރަޝީދުއެވެ.

9 ވަނަ މެޗް ގައި ބައްދަލުކުރީ ޑިކެޑްސް އަދި ޓީމް އޮރިއެވެ. މެޗް ނިމުނީ 3-3 އެއްވަރު ވެގެންއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޑިކެޑްސްގެ ޖާޒީ ނަމްބަރ 7 އަހުމަދު ބައްސާމް (ބައްކު) އެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހީމް ނަސީމްއެވެ.

10 ވަނަ މެޗް ގައި ބައްދަލުކުރީ ޓައިޓަންސް އާރުސީ އަދި ކޭޑީ އެފްޓީއެވެ. 2-0 މެޗް ކާމިޔާބުކުރީ ކޭޑީ އެފްޓީއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކޭޑީ އެފްޓީގެ ޖާޒީ ނަމްބަރ 30 މުހައްމަދު އިޝާން (ޝަންޓޭ) އެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޕޮލިޓިކަލް ޑައިރެކްޓަރ އަލްފާޟިލާ މިޒުނާ ފިރާޤްއެވެ.

11 ވަނަ މެޗް ގައި ބައްދަލުކުރީ ޓީމް އޮރި އަދި ޒެގްއެވެ. 8-5 މެޗް ކާމިޔާބުކުރީ ޓީމް އޮރިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޓީމް އޮރީގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން މީރާ އުނގޫފާރު ފެސިލިޓޭޝަން ސެންޓަރުގެ އޮފީސް މެނޭޖަރ އަލްފާޟިލް އަބޫބަކުރު ލުތުފީއެވެ.

12 ވަނަ މެޗް ގައި ބައްދަލުކުރީ އުނގޫފާރު ޕޮލިސް އަދި ނިއު ސްޓަރއެވެ. 10-3 މެޗް ކާމިޔާބުކުރީ އުނގޫފާރު ޕޮލިސްޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އުނގޫފާރު ޕޮލިސް ޓީމްގެ ޖާޒީ ނަމްބަރ 7 މުހައްމަދު ނާއިމްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ރ އަތޮޅު ޕޮލިސް ކޮމާންޑަރ އަލްފާޟިލް ހުސައިން ރަޝީދުއެވެ.

13 ވަނަ މެޗް ގައި ބައްދަލުކުރީ ޑިކެޑްސް އަދި ސީ ސްކޮޑްއެވެ. މެޗް ނިމުނީ 2-2 އެއްވަރު ވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ސީ ސްކޮޑްގެ ޖާޒީ ނަމްބަރ 18 އަލީ އީމާންއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު ފުޓްބޯޅަ ލެޖެންޑް އަހުމަދު މުހައްމަދުއެވެ.

14 ވަނަ މެޗް ގައި ބައްދަލުކުރީ ދަ އަމިގޯސް އަދި ޓައިޓަންސް އާރުސީއެވެ. 2-0 މެޗް ކާމިޔާބުކުރީ ދަ އަމިގޯސްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ދަ އަމިގޯސްގެ ޖާޒީ ނަމްބަރ 17 އިބްރާހީމް ޝިމާހް (ތަޑޭ) އެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު މެޖިސްޓްރޭޓް ކޯޓްގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އަބްދުﷲ ލުތުފީއެވެ.

15 ވަނަ މެޗް ގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައި އޮތީ ކޭޑީ އެފްޓީ އަދި ނިއު ސްޓަރ އެވެ. މިމެޗް ނިއު ސްޓަރ އިން ނުކުޅެ ދޫކޮށްލީއެވެ.
16 ވަނަ މެޗް ގައި ބައްދަލުކުރީ ދަ އަމިގޯސް އަދި އުނގޫފާރު ޕޮލިސްއެވެ. މިމެޗް 2-1 ކާމިޔާބުކުރީ އުނގޫފާރު ޕޮލިސްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އުނގޫފާރު ޕޮލިސް ޓީމްގެ ޖާޒީ ނަމްބަރ 7 މުހައްމަދު ނާއިމްއެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން އުނގޫފާރު ފުޓްބޯޅަ ލެޖެންޑް އަލީ މުފީދުއެވެ.

މިމުބާރާތުގައި މިރޭ ކުޅެވޭނީ ސެމީ ފައިނަލްގެ ދެ މެޗެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް އޮރި އަދި ދަ އަމިގޯސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކޭޑީ އެފްޓީ އަދި ޑިކެޑްސްއެވެ.