އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 ރޭ ފަށައިފިއެވެ. އުނގޫފާރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތް ޝަރަފްވެރި ކޮށްދެއްވާ މުބާރާތް ފަށްޓަވައިދެއްވީ ރ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން ނާސިފްއެވެ.
މުބާރާތުގައި ރޭ ކުޅެވުނީ ގްރޫޕް ބީ ދެމެޗެވެ. ފުރަތަމަ މެޗްގައި ނިއު ސްޓަރ އާއި ވާދަކޮށް ފަސޭހަ ކަމާއެކު މެޗް ކާމިޔާބުކުރީ ޓައިޓަންސް އާރުސީއެވެ. ޓައިޓަންސް މިމެޗް ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވ. ފުރަތަމަ ހާފް ޓައިޓަންސް އިން ނިންމާލީ 1 ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގައި ޓައިޓަންސްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ފައުޒާން، ގަޒުވާން އަދި ލުގުމާންއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ގަޒުވާންއެވެ.
މުބާރާތުގެ ދެ ވަނަ މެޗްގައި ބައްދަލުކުރީ ކޭޑީ އެފްޓީ އަދި އުނގޫފާރު ޕޮލިސްއެވެ. ގިނަބަޔަކު ހީކުރި ގޮތާއި ހިލާފަށް މިމެޗް ފަސޭހަކަމާއެކު ކާމިޔާބު ކުރީ ކެޑީ އެފްޓީއެވެ. ކޭޑީ މިމެޗް ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ހީރޯ އަކަށްވީ ކޭޑީގެ މުބީންއެވެ. މުބީން ވަނީ 4 ލަނޑު ޖަހާފައެވެ. ކޭޑީގެ އިތުރު ލަނޑުތައް ޖަހައިދިނީ ސަންޓޭ 2 ލަނޑު އަދި މިއްޕެ 1 ލަނޑެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ4 ގޯލް ކާމިޔާބުކުރި ކޭޑީ އެފްޓީގެ މުބީންއެވެ.
މުބާރާތުގައި މިރޭވެސް 2 މެޗް ކުޅެނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ޒެގް އަދި ޑިކެޑްސް އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް ބީ ގެ ކޭޑީ އެފްޓީ އަދި އަމީގޯސް އެވެ.