އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025 މިރޭ ފަށަނީ

އުނގޫފާރު ކައުންސިލް އިން އިންތިޒާމްކޮށްގެން ބާއްވާ “އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2025” މުބާރާތް މިރޭ ރަސްމީކޮށް ފަށާނެއެވެ. މި މުބާރާތުގައި ޖުމްލަ 9 ޓީމެއް ބައިވެރިވެފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ބައިވެރި ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. ގްރޫޕް އޭ ގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޑިކެޑްސް، ޒެގް، ސީ ސްކޮޑް އަދި ޓީމް އޮރިއެވެ. އަދި ގްރޫޕް ބީ ގައި ހިމެނެނީ ޓައިޓަންސް އާރުސީ، ނިއު ސްޓަރ، ދަ އަމީގޯސް، ކޭޑީއެފްޓީ އަދި އުނގޫފާރު ޕޮލިހެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަ ހާސް ރުފިޔާ (15,000ރ) އަދި ރަނަރަޕް ޓީމަށް އަށް ހާސް ރުފިޔާ (8,000ރ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މުބާރާތުގައި މިރޭ ދެމެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓައިޓަންސް އާރުސީ އަދި ނިއު ސްޓަރ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކޭޑީ އެފްޓީ އަދި އުނގޫފާރު ޕޮލިސް ޓީމެއެވެ. މެޗްފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.

އުނގޫފާރު ކައުންސިލް އިން މި މުބާރާތް އިންތިޒާމްކުރަނީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރަށް ހިތްވަރުދީ، ފުޓްސަލް ކުޅުން ކުރިއެރުވުމުގެ އިތުރުން، އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމުގެ މަޤްސަދުގައެވެ. މި މުބާރާތަކީ ރަށުގެ އެންމެންނަށް މުނިފޫހިފިލުވައިދޭނެ، ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް ބެލެވެއެވެ.

Exit mobile version